ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރާނެ މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
އެގޮތުން މިއަދު ހެނދުނަށް މަޖިލިހުގެ ޖަލްސާ އެެޖެންޑާކޮށްފައި ނެތުމުން މަޖިލިހުގެ އިދާރާއިން ބުނެފައިވަނީ ދެން މަޖިލިހުގެ ޖަލްސާއެއް އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުގައި ކަމަށެވެ.
އިއްޔެގެ ޖަލްސާ ނިންމަވައިލައްވަމުން އޭރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މިއަދުވެސް މަޖިލިހުގެ ޖަލްސާއެއް އޮންނާނެކަން އިއުލާނުކޮށްފައެވެ.
އެހެން ނަމަވެސް މިއަދުގެ ޖަލްސާ ކެންސަލް ކުރި ސަބަބާއި ގުޅިގެން ސީދާ ޖަވާބެއް މަޖިލިހުގެ އިދާރާއިން ނުދިން ނަމަވެސް މަޖިލިހުގެ ބައެއް މެމްބަރުން ވަނީ އަދުގެ ޖަލްސާ ކެންސަލްކޮށްފައިވަނީ، މިއަދަށް އެޖެންޑާ ކޮށްފައި މަސައްކަތެއް ނެތުމުނެވެ.
ފާހަގަކޮށްލަން ޖެހޭގޮތުން ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް ހުރުމުގެ ސަބަބުން މަޖިލިހުގެ މި ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ދަންމާލަން މަޖިލިހުން ވަނީ ނިންމާފައެވެ.