-Advertisement-

-Advertisement-

ޙައްޖު ލިސްޓަށް ނުފޫޒެއް ނެތް، ވަރަށް އަވަހަށް އާންމުކުރާނަމް: މިނިސްޓަރ

ފޮޓޯ: ވަގުތު ނޫސް

އަންނަ އަހަރު ޙައްޖަށް ދިއުމަށް ޔަޤީންކަން ދީފައިވާ މީހުންގެ ލިސްޓަށް އެއްވެސް ނުފޫޒެއް ނެތް ކަމަށާއި ޔަޤީންކަން ދިން އެންމެނަށް އެ ފުރުސަތު ލިބޭނެ ކަމުގައި އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ޙައްޖަށް ދިއުމަށް ޖާގަ ލިބޭ މީހުންގެ ލިސްޓަށް ސަރުކާރުގެ ތެރެއިން “ގަޑުބަޑު” ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، 1446 (2025) ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ޖާގަ ކޯޕަރޭޝަންގެ ސިސްޓަމްގެ ތެރެއިން ޔަޤީންކަން ދެވިފައިވާ ހުރިހާ ފަރާތްތަކަށް އެއްވެސް ބަދަލެެއް ނައިސް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ހައްޖަށް ދިއުމަށް ކިއުގައި މަޑުކޮށްގެން ތިބޭ މީހުންގެ އަދަދު ވަރަށް ގިނަ އިރު ޙައްޖު ކޯޕަރޭޝަނުން ބުނާ ގޮތުގައ ޙައްޖަށް ދިއުމުގެ ޖާގައިގެ ކިއު މިހާރުވެސް 2032 ވަނަ އަހަރާއި ހަމައަށް އޮތީ ފުލްވެފައެވެ.

ހައްޖަށް ގިނަ މީހުން ގެންދިއުމަށް  އިތުރު ކޯޓާ ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ ސައުދީއާއިއެކު މަޝްވަރާ ކުރަމުންނެވެ.

އަންނަ އަހަރުން ފަށައިގެން ކޯޓާ އިތުރުވެއްޖެ ނަމަ، އިތުރުވާ ބައިން އަމިއްލަ ޖަމާއަތްތަކަށް ދިނުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-