-Advertisement-

-Advertisement-

ސަރުކާރުން ބުނަނީ ވަކިކުރި ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތަކީ ޒާތީ މަޢުލޫމާތުކަމަށް!

ފޮޓޯ: ހަބަރު

ރާއްޖޭގެ މާލީ ޙާލަތު ދަށްވުމުގެ ސަބަބުން އެ ޙާލަތުން އަރަިގަތުމަށްޓަކައި އަޅާ މުހިއްމު ފިޔަވަޅުތަކުގެ ތެރެއިން ވަޒީފާއިން ވަކިކުރި 228 މުވައްޒަފުންގެ މަޢުލޫމާތު ހާމަނުކުރެވޭނެ ކަމަށާއި އެ މުވައްޒަފުންގެ މަޢުލޫމާތަކީ ޒާތީ މަޢުލޫމާތުކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގެ ތެރެއިން ސަރުކާރުން ސިޔާސީ ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތަކުގެ އަދަދާއި އެ ފަރާތްތައް މަސައްކަތްކުރި ވުޒާރާތަކުގެ ތަފުސީލު ހޯދުމަށް އަމިއްލަ ފަރާތަކުން އެދިފައި ވަނިކޮށް ރައީސް އޮފީހުން އެއަަށް ފޮނުވި ޖަވާބުގައި ހަމައެކަނި ހާމަކޮށްފައިވަނީ 31 އޮކްޓޫބަރުގެ ނިޔަލަށް ވަކިކުރެވުނު ސިޔާސީ މުވައްޒަފުންގެ އަދަދެވެ. އެއީ 228 މުވައްޒަފެކެވެ.

މީގެ އިތުރުން އެ ޖަވާބުގައި ބުނެފައިވަނީ ވަކި ކުރި މުވައްޒަފުންގެ ނަމާއި އެ މީހުން މަސައްކަތްކުރި ވުޒާރާތަކުގެ މައުލޫމާތު ހާމަކުުރުމަކީ އެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަވެދާނެކަމެއް ކަމަށް ޤަބޫލުކުރެވޭތީ އެ މަޢުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

އަދި ވަކިކުރި މުވައްޒަފުންގެ މަޤާމުތަކާއި އަދަދުތައް ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ތަފުސީލުކޮށް އާންމުކުރެއްވިކަމަށްެވެސް ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ވެއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ މާލީ ފިޔަވަޅު ތަކުގެ ތެރެއިން ރައީސް ވަނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 103 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން މަގާމުން ވަކިކުރަން ވަނީ ނިންމައި އެކަން އެކްސްގައި އިއުލާނުކުރައްވައިފައެވެ. އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން މަޤާމުން ވަކިކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-