-Advertisement-

-Advertisement-

ޑްރަގްގެ މައްސަަލައަކާއި ގުޅިގެން ޒުވާނަކު ހޯދަން އިއުލާނުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައެއްގައި ހޯދާ މުސްލިމް

ފުލުހުން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ތަޙުޤީގަށް ހާޒިރުކޮށް ސުވާލުކުރުމަށް ޒުވާނަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

އެގޮތުން ހޯދުމަށް އިއުލާނުކޮށްފައިވަނީ، ކ. މާލެ، ދަފްތަރު ނަމްބަރު 240، އުމުުރުން 25 އަހަރުގެ  މުސްލިމް އަބްދުﷲއެވެ.

ފުލުހުންގެ ޑްރަަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގުކުރަމުންދާ މި މައްސަލައިގައި މުސްލިމް ހޯދަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީގަށް ހާޒިރުވުމަށް އޭނާއަށް ޗިޓު ރައްދުކުރެވިފައިނުވާތީކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

ވުމާއެކު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް، 2024 ޑިސެމްބަރު 12 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގައިފައެވެ.

ޝަރީޢަތްތަކަށް ހާޒިރު ނުވެގެންނާއި އެކި އެކި މައްސަލަތަކުގެ ތަޙުޤީގުތަކަށް ހާޒިރު ނުކުރެވިގެން މީހުން ހޯދުމަށް ފުލުހުން ދޭތެރެ ދޭތެރެއިން އިއުލާނުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-