-Advertisement-

-Advertisement-

ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ރައީސް އއ އަތޮޅާއި ކ އަތޮޅަށް!

ރައީސް މުއިއްޒު، ތޮއްޑޫގައި: އެ މަނިކުފާނު ވަނީ އއ އަތޮޅާއި ކ އަތޮޅަށް ދަތުރު ފައްޓަވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ބައްދަލުކުރެއްވުމަށް އެ ރަށްރަށަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން އއ އަތޮޅާއި ކ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރައި ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ރައީސް ފުރަތަމަ ވަޑައިގެންނެވީ އއ ތޮއްޑޫއަށެވެ.

މި ދަތުރުފުޅުތަކުގެ ތެރެއިން އއ އަތޮޅާއި ކ އަތޮޅުގެ ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގެެން ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީތަކުގެ އިތުރުން ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކޮށް، އަތޮޅުތަކާއި ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ރައީސް މި އަހަރު ފައްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭ ގޮތާ މެދު މި ދަތުރުފުޅުގައި މަޝްވަރާކުރައްވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަކީ އަމާޒެއްކަމުގައި ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-