-Advertisement-

-Advertisement-

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އެންޓި ކޮރަޕްޝަން ކޮމިޝަން

އެންޓިކޮރަޕްޝަން ކޮމިޝަން އޮފް މޯލްޑިވްގެ ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

އެ ދެ މަޤާމު ހުސްވެފައިވަނީ ކުރިން އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދަށް ކުރެވުނު ތުޙުމަތުތަކަކާއި ގުޅިގެން އެ ދެ ބޭފުޅުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓަށް އެހުމުގެ ވަގުތު ކުޑަތަންވެފަިއ ވަނިކޮށް ދެ ބޭފުޅުންވެސް އަމިއްލަފުޅަށް އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންެނެވެ.

އެގޮތުން އެ ދެބޭފުޅުން މަޤާމުން އިސްތިއުފާ ދެއްވައި ރައީސަށް ފޮނުވި ސިޓީގައި ވަނީ،  އިސްތިއުފާ ދެއްވީ އޭސީސީގެ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރެވޭނެ މާހައުލެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

އެގޮތުން ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ދާދިފަހުން މިނިވަން މުއައްސަސާތަކުގެ ޤާނޫނަށް ގެނައި އިސްލާހުގަިއ ވާގޮތުން ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ އިޚްތިޔާރު މިހާރު އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އަބްދުއް ސަލާމް އާއި ތޯހާ އިސްތިއުފާ ދެއްވުމާ އެކު، އޭސީސީގައި މިހާރު ތިއްބަވާނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އާއި މެމްބަރު ޝިޔާމާ މުހައްމަދާއި ޝަޒްނާ ހާޝިމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-