-Advertisement-

-Advertisement-

ރައީސްގެ ދިފާއުގައި ސަރުކާރުގެ މެމްބަރުންގެ ލޭ ކައްކުވާލައިފި، ގޮވާލެއްވީ ފައްޔާޒް ހައްޔަރުކުރަން!

ރައީސް މުއިއްޒަށް ހައްދަަވަން ޖެހޭނީ ކުރީގެ ރައީސް އަމީނަށް ހެއްދެވި ގޮތްކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔަޒް އިސްމާޢީލް ގޮވާލި މައްސައިގައި އެބޭފުޅާ ހައްޔަރުކުރެއްވުމަށް ޕީއެންސީގެ މެމްބަރުން ގޮވާލައްވައިފިއެވެ.

އެ މައްސަލަ ހޫނުވެ ރައްޔިތުންގެ މަޖިލިހަށް މިއަދު ވަނީ ޕީއެންސީގެ ފަރާތުން މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ކުއްލި މައްސަލައެއްވެސް ހުށަހަޅައިފައެވެ.

މި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެ މައްސަލަ ތަޙުޤީގުކޮށް ފައްޔާޒު ހައްޔަރުކުރަން ގޮވާލާފައެވެ.

މި ބަހުސްއާއި ގުޅިގެން ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ، ފައްޔާޒް އެފަދަ ވާހަކަަތައް ދައްކަވަނީ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން ފައްޔާޒް ކުރެއްވި ވައްކަންތައް މި ސަރުކާރުން ތަޙުޤީު ކުރައްވައިފާނެތީކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން މި ފަދަ މައްސަލަތައް ތަޙުޤީގު ކުރަންވަނީ ހަމައެކަނި މީހަކު މަރާލުމުން ކައުގައިތޯ ސުވާލު އުފައްދަަވައި އައްބާސް ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ހިފާ ހައްޔަރުކޮށް އޭނާގެ މައްސަލަތައް ތަޙުޤީގުކޮށް ޤާނޫނުގައިވާ އެންމެ މަތީ އަދަބު ދިނުމަށް ގޮވާލައއްވައިފައެވެ.

މި ބަހުސްގައި ވާހަކަ ދެއްކެވި މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ،  ޤާނޫނު އަސާސީގެ ދިފާޢުގައި ކަމަށްބުނެ އެމްޑީޕީން އުޅެނީ ޤައުމު ހަލަބޮލި ކުރަން ކަމުގައެވެ.

އެގޮތުން ރައީސް މުއިއްޒު އަވަހާރަކޮށްލަން ގޮވުމަކީ އިދިކޮޅުން މަސައްކަތްކުރަން ޖެހޭ ގޮތް ނޫންކަމަމުގައި ވިދާޅުވެ ރިފާއު ވަނީ، އެފަދަ ކަންކަމަށް ގޮވާލާ މީހުން ވަގުތުން ވަގުތަށް ހައްޔަކުރުމަށް ރިފާއު ގޮވާލައްވާފައެވެ.

އެގޮތުން އެފަދަ ކަންކަން ތަޙުޤީގު ނުކޮށް ދޫކޮށްލުމަކީ އެކަމުން ނިކުމެދާނެ ނަތީޖާ ވަރަށް ހިތި ވެދާނެ ކަމެއް ކަމުގައި ރިފާޢު ވިދާޅުވިއެވެ.

ހަމައެޔާއެކު އެ ބަހުސްގައި ބަހުސްކުރެއްވި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ، ފައްޔާޒް ދެއްކެވި ވާހަކަތައް ކުއްވެރިކުރައްވައި އެ ޕާޓީގެ މިފަދަ ޢަމަލުތަކަކީ އެ ޕާތީގެ ފަރާތުން އަލަށް ފެންނަ ކަމެއް ނޫންކަމަށޤ ވިދާޅުވެ، އެއްވެސް އިރެއްގައި އެމްޑީޕީއަކީ  ރައްޔިތުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމުގައި ވިދާޅުވެފައެވެ.

އަދި މިހާރު އެ ޕާޓީން ކުރަމުން ގެންދާ ކަންކަމަކީ ރައީސް މުއިއްޒު މި ޤައުމުގެ މަންފާއަށް ކުރައްވާ ކަންކަން ހުއްޓުވައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެމްޑީޕީގެ ލީޑަޝިޕުން ރާވައިގެން ކުރާ ކަންތައްތަކެއް ކަމުގައި ތުހުމަތު ކުރައްވައިފައެވެ.

އެމްޑީޕީން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ “އަނިޔާވެރިވެއްޖެ ނަމަ އަނިޔާވެރިވާނެ” ކަމަށް ވިދާޅުވެފައެވެ. އަނިޔާވެރިވާނަމަ، ތާރީޚުގެ ފޮތްތަކުން ރާއްޖޭގެ ރައްޔިތުން “ކުޅޭނެ” ކަމަށް ވެސް ވިދާޅުވެފައެވެ.

ފައްޔާޒު އެފަދައިން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި އެމްޑީޕީން މި ފަހުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު އަމީނާ ގުޅޭ ގޮތުން އެ ޕާޓިގެ އެކްޓިވިސްޓަކު ދެއްކެވި ވާހަކަތައް ދިފާއުކުރައްވައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-