-Advertisement-

-Advertisement-

މެރީ ބްރައުން ކުރިމަތީ އޮތް ކާރެއްގައި އަލިފާން ރޯވެއްޖެ

ފޮޓޯ/ އެމްއެންޑީއެފް

މާފަންނު މެރީ ބްރައުން ކުރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، މެރީ ބްރައުން ކުރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 11:48 ހާއިރު  ލިބިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.

އެގޮތުން އެ ކާރުގައި ރޯވި އަލިފާންގަނޑު 12:56 ހާއިރު  ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފުން ބުނި އިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ކާރުގައި އަލިފާން ރޯވުމަށް މެދުވެރިވި ސީދާ ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-