-Advertisement-

-Advertisement-

އަލިފާނުގެ ހާދިސާގައި ފްލެޓް ލިސްޓަށް އަސަރެއް ނުކުރޭ: ހައުސިންގް މިނިސްޓްރީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

ހައުސިންގް މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގް ގައި މިއަދު ހެނދުނުއްސުރެ ރޯވެ އަނދަމުން އަންނަ ހާދިސާގައި ގެދޮރުވެރިޔާ ސްކީމުގެ ލިސްޓަށް އަދި އެ ސްކީމާއި ގުޅުން ހުރި އެއްވެސް ލިޔެކިޔުމަކަށްވެސް އަސަރު ނުކުރާކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގް މިނިސްޓްރީގެ އިމާރާތުގައި އެއްކޮށް އަނދައި ހުލިވަމުން އައުމާއި ގުޅިގެން ފްލެޓް ލިސްޓްތަކާއި ގުުޅޭގޮތުން ގިނަ އާންމުންތަކެއް ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާގެ ސްކީމްގެ ފޯމުތަކާއި އެކަމާއި ގުޅުންހުރި ލިޔެކިޔުންތަކަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށެވެ.

ވުމާއެކު  މި ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މި ހާދިސާގައި އެ މިނިސްޓްރީގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށްވެސް އަނިޔާވެފައި ނުވާކަމަށްވެސް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.

އަލިފާންރޯވެ ހައުސިން މިނިސްޓްރީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މި އަލިފާނުގެ ހާދިސާގައި ހައުސިންގް މިނިސްޓްރީގެ ބިލްޑިންގްގައި އެއްކޮށް ރޯވެ ޖެހިގެން ހުރި އެންވަޔަރމަންޓް މިނިސްޓްރީގެ އިމާރާތުގައިވެސް އަލިފާންވަނީ ހިފާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-