ގައުމުގެ މުަސްތަގުބަލު ކަނޑައަޅާ ގޮތް ބިނާވެގެން ދާނީ މި މަހުގެ 30 ވަނަ ދުވަހު ދޭ ވޯޓުގެ މައްޗަށް ކަމަށާއި މިއީ ގައުމުގެ ކަންކަން ހެޔޮ މަގަށް އަޅުވަން ލިބޭ ފުރުސަތެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ/އދ ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުފުޅުގައި ދަނގެތީގައި މުއިއްޒު ވިދާޅުވީ, ގައުމުގެ މިނިވަންކަން މިހާރު އޮތީ އެހެން ބައެއްގެ އަތްމައްޗަށް ގެއްލޭ ހިސާބުގައި ކަމަށާއި އެ މަންޒަރު ބަލަން މަޑުމަޑުން ތިބެގެން ނުވާނެ ކަމަށެވެ.
ގައުމުގެ ކަންކަން ދަނީ ގޯހުން ގޯހަށް ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ, ރައްޔިތުން އޭނާއަށް އިތުބާރު ކޮށް އިންތިހާބުކޮށްދީފިނަމަ, ދީނާއި ގައުމާއި ދިވެހިންގެ ހައްގުގައި ކުރިއަށް ދިއުމުގައި ސާބިތުކަން މަތީގައި ހުންނަވާނެ ކަމަށެވެ.