ފުރާވަރަށް އަންނަ ކުދިން ނުވަތަ “ޓީނޭޖާސް” އާއި އެކު ފައިދާ ހުރި ވަގުތު ހޭދަކުރުމަކީ ވަރަށް ދަތި ކަމެކެވެ. އިތުރު ކުދިން ބެލުމާއި، އަދާ ކުރަންޖެހޭ ވަޒީފާގެ ބިޒީ ޝެޑިއުލްގެ ސަބަބުން މިއީ ހަނދާނުން ކައްސާލާކަމެކެވެ. އެކުދިންނަކީ އަމިއްލައަށް ގިނަ ކަންކަން ކުރެވޭ ކުދިންނަށްވުމުން އެކުދިންނަށް ދޭންޖެހޭ ސަމާލުކަން ނުދެވެއެވެ. އެހެންނަމަވެސް މިއީ ކުއްޖާއާއި ބެލެނިވެރިޔާއާއި ދެމެދުގެ ގުޅުން ދެމި އޮތުމަށް މުހިއްމު ކަމެކެވެ. ވުމާއިއެކު، މިފަދަ އަގުހުރި ވަގުތު ތަކެއް ކުއްޖާ އާއި އެކު ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟
އެންމެ ފުރަތަމަ ކަމަކަށް ކުއްޖާއާއި އެކު ރަނގަޅު މުޢާމަލާތެއް ގާއިމް ކުރާށެވެ. ދުވަހުގެ ތެރެއިން ކޮންމެވެސް ވަގުތެއްގައި ކުއްޖާގެ އިހުސާސްތަކާއި ޚިޔާލުތައް އަގުވަޒަން ކުރާނެ ވާހަކަ ތައް އަޑުއަހައި ދައްކާށެވެ. އެކަމާއި މެދު ހިޔާލު ފާޅު ކުރެވޭ ސުވާލުތައް ކޮށް ކުއްޖާގެ ވިސްނުމާއި ފިކުރަށް ޖަވާބުދޭން ހުޅުވާލާށެވެ. މިސާލަކަށް ގޭތެރޭގެ ކަމެއްގައި ކުއްޖާގެ ޚިޔާލާއި މަޝްވަރާ ހޯދިދާނެއެވެ.
ދެވަނައަށް، ދެފަރާތުންވެސް ޝައުޤުވެރިވާ ކަމެއް ދެމީހުން އެކީ ކުރާށެވެ. މިއީ ކުޅިވަރެއް ނުވަތަ ކެއްކުން ނުވަތަ ހޮބީއެއް ކަމުގައިވިޔަސް ކުރެވިދާނެއެވެ. ކުއްޖާއާއި އެކު މިފަދަ މަސައްކަތް ތައް ކުރާއިރު ކުއްޖާގެ ޚިޔާލާއި ބައިވެރިވުން ހިމަނާށެވެ. އަދި ކުއްޖާއަށް ކަންކަން ކުރުމުގެ ފުރުސަތު ދޭށެވެ.
ދިރުއުޅުމުގެ ހާލަތު ހުންނަގޮތުން ސްކްރީނާއި އޮންނަ ރައްޓެހި ކަމަކީ ދެވި ހިފައިވާ ކަމެކެވެ. ނަމަވެސް، އެންމެ ފަހު ކަމަކަށް، ފޯނު، ޓީވީ ފަދަ ޑިވައިސް ތަކާއި ދުރުވެ ކުއްޖާއާއި އެކު ވަގުތު ހޭދަކުރާށެވެ. މީގެ ސަބަބުން ތިބާއަށް ދަރިފުޅާއި ގުޅުން ބަދަހި ދަރިފުޅުގެ ރިވެތި އާ ކަންކަން ފެނިގެންދާނެއެވެ. މިސާލަކަށް ކުއްޖާ ކާގަޑީގައި ކުއްޖާއާއި އެކު ކެއުމުގައި ބައިވެރިވެ ވާހަކަ ދައްކާލާށެވެ. ނުވަތަ ކުއްޖާއާއި އެކު ސައިބޯލަން ތަނަކަށް ދާށެވެ. މި ލިބޭ ހުސްވަގުތު ތަކުގައި ކުއްޖާ ބައިވެރިކޮށް އެ ކުއްޖާއަކީ މުހިއްމު ކުއްޖެއްކަން އިހުސާސް ކޮށްދޭށެވެ.
މިހުރިހާ ކަމަކުންވެސް ލިބިގަންނަންވީ ފިލާވަޅަކީ ހަޤީގަތުގައި ފުރާވަރަށް އަންނަ ކުދިން ބޭނުންވަނީ އެކުދިންގެ އިހުސާސްތައް ދެނެގަންނަ، ޚާއްސަ ގުޅުމެއް ޤާއިމް ކުރެވޭ، އެކުގައި މަސައްކަތް ކުރެވޭ ބެލެނިވެރިއެއް ކަމެވެ. މިފަދަ ބައްޕައަކަށް ނުވަތަ މަންމަ އަކަށް ވުމަކީ، އަހަރުމެން ކިތަންމެ ބިޒީ ވިޔަސް ކުރެވިދަނެ ކަމެކެވެ.