-Advertisement-

-Advertisement-

ކިތަންމެ ވަރަކަށް ސާފުކުރިޔަސް ގޭތެރެ ގޮނޑެއްހެން އޮންނަނީ ކީއްވެތަ؟

red and white car scale model

ސާފުކޮށް ނިންމާލާތާ އިރުކޮޅެއްފަހުން ކޮޓަރި ތެރެ ހަޑިވަނީހެއްޔެވެ؟ ބަލާލާ ކޮންމެތާކުން ހުސް ކުޅޭއެއްޗިއްސާއި، ފަޔަށް އެރޭ ލެގޯ ކޮޅު ކޮޅު ހެއްޔެވެ؟ މިއަދު ބަދަލު ކުރި ބެޑްޝީޓުގައި ގޮތްނޭނގޭ ލައްތައް ހެއްޔެވެ؟ އިންސްޓަގްރާމުން ތިބާއަށް ފެންނަ މޮޅު ކޮޓަރި ތަކުގެ ފޮޓޯތައްހެން ތިބާގެ ކޮޓަރި ތަކާއި ގެ އެހާ ރީތި ކޮށް ތަރުތީބުކޮށް އޮންނާނީ ކޮންދުވަހަކުން ބާއޭ ހިތަކަށް ނާރާހެއްޔެވެ؟ ހާސްނުވާށެވެ. މިއޮތީ ކިތަންމެ ވަރަކަށް ހަޑިކުރިޔަސް ސާފު، ތަރުތީބު ގެއެއް ބެލެހެއްޓިދާނެ ގޮތްތަކެވެ.

  1. ބޭނުން ނުވާ ސާމާންތައް ދޫކޮށްލާށެވެ: ގޭތެރޭގެ ހުރިހާ ކަބަޑެއް ބަލައި ބޭނުން ނުވާ ތަކެއްޗަކީ ކޮބައިތޯ ބަލައިށެވެ. މިކަމުގައި ކުދިން އަދި އާއިލާ ބައިވެރިކޮށް އެމީހުންވެސް ބޭނުންނުވާ ތަކެތި އެކުލާ ނުވަތަ ސަދަޤާތް ކުރަން ވަކި ކުރާށެވެ.
  2. އާއިލާގެ ކަންކަން އެނގޭނެ ކަލަންޑަރެއް ގޭގައި ބަހައްޓާށެވެ: ގޭތެރޭގެ ކޮންމެވެސް ކަނެއްގައި ކުދިންގެ ސްކޫލް އަދި އެހެނިހެން ހަރަކާތްތައް ވަގުތާއި އެކު އެނގޭނެ ކަލަންޑަރެއް ބަހައްޓާށެވެ. މީގެ ސަބަބުން ކުދިންގެ ކަންކަން ކުރީބައިގައި ރާވާ ތައްޔާރުވާން ތިބާއަށް ލިބޭނެއެވެ.
  3. ތަރުތީބު ކަމާއި އެކު ތަކެތި ރައްކާކުރާށެވެ: ފަސޭހަކަމާއިއެކު ތަކެތި ރައްކާކުރެވޭ ނިޒާމެއް ޤާއިމް ކުރާށެވެ. އެކި ކުލަތައް ޚާއްސަ ކުރެވިފައިވާ ވަށިގަނޑުތައް ނުވަތަ ކަބަޑުތައް ކަނޑައެޅިދާނެއެވެ. އަދި މިތަކެތި އެނގޭނެހެން ލޭބަލް ކުރާށެވެ. ކުޅޭ ތަކެތި، ފޮތް އަދި އެހެނިހެން ތަކެއްތި އަބަދުވެސް ރައްކާކުރަން ޚާއްސަ ތަންތަން ހަމަ ޖައްސާށެވެ.
  4. ކޮންމެ ދުވަހެއްގެ 5 މިނަޓުގެ ސާފުކުރުން: އާއިލާ އެންމެނާއި އެކު ކޮންމެ ދުވަހަކުވެސް 5 މިނަޓު ސާފު ކުރުމަށް ހަމަޖައްސާށެވެ. މި 5 މިނަޓު ތެރޭގައި ސާފުކުރާ މަޖާ ރޭހެއް އާއިލާއާއެކު ކަނޑައަޅާށެވެ. އެންމެ 5 މިނަޓުތެރޭ ސާފުކޮށްލެވޭނެ ވަރު ތިބާއަށް ފެނިގެންދާނެއެވެ.
  5. ސާފުތާހިރުކަން އިސްކުރާށެވެ: ތިބާގެ ކުދިންނަށްވެސް ކަންކަމުގައި ސާފުތާހިރުކަން އިސްކުރަން ހަނދާން ކޮށްދޭށެވެ. ކުޅެ ނިމުމުން އެހެން ކަމެއް ކުރުމުގެ ކުރިން ކުޅެން ގެންގުޅުން ސާމާނުތައް ވަށިގަނޑަށްއަޅައި ސާފު ކުރަން އިރުޝާދު ދޭށެވެ. ތިބާވެސް ކައްކަމުން ދާއިރުގައި ދޮންނަން ޖެހޭ ތަކެތި ދޮވެ ނިންމަން އާދަކުރާށެވެ. މިގޮތައް ކަންތައް ކުރުމުން ގޭތެރޭގައި އެއްޗެތި ފުނިޖެހުން މަދުވާނެއެވެ.
  6. ރޭގަނޑުގެ ރީސެޓް: ނިދާވަގުތުގެ ކުރިން އާއިލާގެ އެންމެންނާއި އެކު ކަންކަން ތަރުތީބު ކޮށްލާށެވެ. ސްކޫލަށް ގެންދާ ފޮތް ދަބަހާއި އޮފީހައް ދާ ހެދުން ތައްޔާރު ކުރާށެވެ. އަދި ދޮންނަށް ޖެހޭ ހުރިހާ ތަށިތަކެއް ދޮވެ ސާފުކޮށްލާށެވެ. ކުދިންގެ އިންޓަވަލް އަދި ހެދުނުގެ ނާޝްތާ ރާވައި އެއްޗެތި ހަމަކޮށްލާށެވެ.
  7. އާއިލާގެ ހުރިހާ މެމްބަރުންނަށްވެސް ގޭތެރޭގައި ކުރަންޖެހޭ ކަންކަން ހަމަޖައްސާށެވެ. އެއް މެމްބަރަކު ކުނިކޮތަޅު ނެރުން، އަނެއް މެމްބަރަކު ފާޚާނާ ސާފުކުރުން ނުވަތަ އެނދު ތަންމަތި ތަރުތީބު ކުރުމަށް ހަމަ ޖައްސާށެވެ. ގޭތެރޭގެ ކަންކަން އެންމެނާއި އެކު ކުރާށެވެ.
  8. ސާފުކުރުމުގައި ކުދިން ބައިވެރި ވުމުން އެކަމާ ތައުރީފުކޮށް އުފާ ކުރާށެވެ. ނުވަތަ މިފަދަ ކަންކަން ކުރުމުން ތަރިއެއް ދީ ހަދާށެވެ. މީގެ ސަބަބުން ކުދިންނަށް ސާފުތާހިރުވުން އުފާވެރި ކުރާހިތްވާ ކަމަކަށް ވާނެއެވެ.

ކިތަންމެ ބިޒީނަމަވެސް، ކިތަންމެ ކުދިން ގިނަ ނަމަވެސް މި ދެންނެވުނު ކަންކަން ކުރެވިއްޖެނަމަ ތިބާއަށްވެސް އެއްކަލަ އިންސްޓަގްރާމް ފޮޓޯހާ ރީތި ތަރުތީބު ގެއެއްގައި އުޅެވިދާނެއެވެ. އަދި އަބަދު އަބަދު ސާފުކުރުމުގައި އެޅެން ނުޖެހޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-