ސެމްސަންގުން ވަނީ ޑިވައިސްތަކުގައި އިންޓަނެޓާ ނުލާ ބޭނުން ކުރެވޭ އާ ޖެނެރޭޓިވް އެއައި މޮޑެލް ސެމްސަންގް ގައުސް ސެމްސަންގު އެއައި ފޯރަމްގައި ދައްކާލައިފައެވެ. މި ޖެނެރިޓިވް އެއައި އަށް ނަންދީފައިވާނީ މައްޝޫރު ލެޖެންޑަރީ ހިސާބުވެރިޔާ ކާލް ފެރެޑްރިޗް ގައުސްގެ ނަމުންނެވެ. ކޮރެއާ ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި 2024 ވަނަ އަހަރުގެ ކުރީކޮޅު ނެރޭނެ ގެލެކްސީ އެސް24 ފޯނުގައު ސެމްސަންގް ގައުސް އިންޓަގްރޭޓް ކުރާނެ ކަމަށް ބެލެވެ އެވެ.
މި މޮޑެލްގައި ހިމެނެނީ ސެމްސަންގް ގައުސް ލެންގުއޭޖް، ސެމްސަންގް ގައުސް ކޯޑް، އަދި ސެމްސަންގް ގައުސް އިމޭޖް އެވެ.
ޖެނެރޭޓިވް ލޭންގުއޭޖް މޮޑެލް ސެމްސަންގް ގައުސް ލެންގުއޭޖް އިން އީމެއިލް އެކުލަވާލުމާއި, ލިޔެކިޔުންތައް ޚުލާސާކުރުމާއި, އެއްބަހުން އަނެއް ބަހަށް ލިޔުންތައް ޓްރާންސްލޭޓް ކުރުން ފަދަ ކަންތައް ހިމެނެއެވެ. މީގެ އިތުރުންވެސް ގައުސް އިންޓަގްރޭޓް ކޮއްފައިވާ ޑިވައިސްތަށް ވޮއިސް ބޭނުން ކޮއްގެން ކޮންޓުރޯލް ކުރެވޭނެކަމަށް ސެންސަންއިން ބުނެއެވެ.
ސެމްސަންގުން މިހާރުވެސް ގޭތެރޭގެ ސާމާނުތަކަށް ބިކްސްބީ ވާޗުއަލް އެސިސްޓެންޓަށް ބޭނުން ކޮއްގެން ކޮންޓްރޯލު ކުރެވުނު ނަމަވެސް ޗެޓްޖީޕީޓީ ފަދަ ވަރުގަދަ އޭއައިއެއް އަދި ސެމްސަންގު ޑިވައިސްތަކުގައި ނުހުރެއެވެ. ސެމްސަންގެ އާ ޖެނެރިޓިވް އެއައި ވެގެންދާނީ ސެމްސަންގް އެސް24ގެ ސެލިން ޕޮއިންޓުކަމުގައި ވެގެންދާނެކަމަށް ރިޕޯތަކުން ބުނެއެވެ.