-Advertisement-

-Advertisement-

އަފީފު ރިޔާސަތުގައި ހުންނަވައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށް، ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހުންނަވައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފިއެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ދުރުކުރަން ހުށައެޅި ގަރާރަށް ބަހުސް ކުރަން އެޖެންޑާކޮށްފައިވާ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ހުށައަޅާފައިވާކަމަށާއި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން ރިޔާސަތު ބަލަހައްޓަވާނީ އަފީފް ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފައެވެ.
މަޖިލީހުން މި ގަރާރަށް ބަހުސް ކުރިއަށް ގެންދަން ނިންމާފައިވަނީ ޖުމްލަ ބަހުސަށް ތިން ގަޑިއިރެވެ. އޭގެ ތެރެއިން ނަޝީދުއަށް 30 މިނެޓުގެ އިތުރުން ކޮންމެ މެމްބަރަކަށް ތިން މިނެޓެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-