ފަލަސްތީނުގެ މުސްލިމުންނަށްޓަކައި އާދޭހާއެކު ﷲ ގެ ހަޟުރަތުގައި ދުޢާ ކުރުން ގިނަ ކުރާށެވެ.

بسم الله الرحمن الرحيم، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަކީ އަހަރެމެންގެ މުސްލިމު އަޚުންނާއި އުޚުތުންނެވެ. އެމީހުން ތަހައްަމަލު ކުރަމުންދާ ވޭނަކީ އަހަރެމެންގެ ގައިގައި ވެސް އަޅާ ވޭނެކެވެ. އެހެނީ ރަހުމުކުރުމާއި އަދި އޯގާތެރިވުމުގައި މުއުމިންގެ މިޘާލަކީ އެއް ހަށިގަނޑެއްގެ މިޘާލެވެ. އެއީ ހަށިގަނޑުގެ އެންމެ ގުނަވަނެއްވެސް އުދަނގުލެއް ތަޙައްމަލްކުރާނަމަ، މުޅި ހަށިގަނޑަށް ނިދިނުލިބުމާއި ހުން އިޙްސާސްކުރަން ޖެހޭ ފަދައިންނެވެ. އެމީހުންނަށްޓަކައި ދުޢާ ކުރުމަކީ އަހަރެމެންގެ މަައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.
ދަންނައެވެ! އާދޭހާއެކު ތަކުރާރުކޮށް ދުޢާ ކުރާ މީހުންދެކެ الله ލޯބިވޮޑިގެންވެއެވެ. ﷲ އަށް ދުޢާ ކުރުމުގައި ތަކްރާރުކޮށް އާދޭސްކުރާ ވަރަކަށް ، އެމީހަކު ދެކެ ﷲ ލޯބިވޮޑިގަންނަވައެވެ.އަދި އެމީހަކު އެދޭކަމެއް ދެއްވައެވެ.
اللهم أعز الإسلام والمسلمين وأذل الشرك والمشركين ودمر أعداء الدين وانصر عبادك الموحدين .
اللَّهُمَّ مُنْزِلَ الكِتَابِ، سَرِيْعَ الحِسَابِ، اهْزِمِ الأحْزَابَ، اللَّهُمَّ اهْزِمْ البهود وزَلْزِلْـهُمْ.

ގުޅުންހުރި