-Advertisement-

-Advertisement-

ރައްޔިތުންގެ މަޖީލީހުގެ ރައީސްކަމަށް މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައިސް, ރައީސް މުހައްމަދު ނަޝީދު މިއަދު އިސްތިއުފާ ދެއްވުމުން މިހާރު ހުސްވެދައިވާ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މިރޭ 10 ޖެހި އިރު ނަން ހުށައެޅުމަށް މަޖިލީހުގެ އިދާރާއިން ވަނީ އަންގަވާފައިއެވެ. 

މި މަގާމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމްގެ ނަން ހުށަހަޅަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިރޭ ނިންމައިފިއެވެ. ނަން ހުށައެޅުމަށް ހުޅުވާލުމުން ނަން ހުށައަޅުއްވައިފައިވަނީ އެމްޑީޕީގެ އިތުރުން ދި ޑިމޮކްރެޓްސް އަލީ އާޒިމްގެ ނަންފުޅެވެ.

މަޖިލީހުގެ އިދާރާ އިން އާއްމުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުގައި މިރޭ ޖަލްސާއެއް ބާއްވަނީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.

ރައީސް އައްޔަންކުރާނީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓު ކުރިއަށް ގެންދަން ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ ނަގައިފަ އެވެ.

ވޯޓްގައި ބައިވެރިވެ ވަޑައިގެނެވީ 76 މިންބަރުންނެވެ. އަސްލަމްއަށް ލިބި ވަޑައިގެންނެވީ 53 ވޯޓެވެ. އަދި އަލީ އާޒިމް އަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-