އިލަން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން އުފައްދާ ޓެސްޓުކުރަމުންދާ ސްޓާޝިޕްގެ ޓެސްޓް ފުލައިޓް މި މަހު 17 ގައި ބޭވުމުގެ އެޕްރޫވަލް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭއިން) މިއަދު ދީފި.
Starship preparing to launch as early as November 17, pending final regulatory approval → https://t.co/bJFjLCiTbK pic.twitter.com/qRKv9ugWsR
— SpaceX (@SpaceX) November 11, 2023
އިލަން މަސްކް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓެސްޓު ފުލައިޓް ޝެޓިއުލް ކޮއްފައިވާ ދުވަހުގައި ކުރެވޭނެ ކަމުގެ ޔަގީކަން އެފްއޭއޭއިން ދީފައިވާކަމަށެވެ.
ސްޓާޝިޕް މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު އެންމެ ޒަމާނީ ޖައްވީ އުޅަދެވެ. މި އުޅަދު މުސްތަގުބަލުގައި ބޭނުން ކުރާނި މާސްގައި ސިވިލައިޒޭޝަންއެއް ގާއިމް ކުރުމަށް ބޭނުންވާ ތަކެއްޗާއި މީހުން އުފުއްލުމަށެވެ. މީގެ އިތުރުން ނާސާއިން ތައްޔާރު ކުރަމުންދާ ދުނިޔެއާއި ހަނދާ ދެމެދުގައި ދަތުރުކުރުމަށް ހަދާ މިޑްވޭ ސްޓޭޝަންއަކަށްވެސް ސްޓާޝިޕް ބޭނުން ކުރާނެއެވެ.
ސްޓާޝިޕްގެ ދިގު މިނުގައި 50މީޓަރ އަދި ފުޅާ މިނުގައި 9 މީޓާރަ ހުރެއެވެ. އަދި މި އުޅަދުގައި 150 ޓަނުގެ މުދާ “ލޯ އާތް އޯބިޓަށް” ގެންދިއުމުގެ ގާބިލް ކަން ލިބިފައިވެއެވެ.
17 ވަނަ ދުވަހު އޮންނަ ޓެސްޓް ފުލައިޓްއަކީ މުޅި ސްޓާޝިޕްއެކީ ރޭވަމަށްފަހު ކުރާ 2 ވަނަ ޓެސްޓެ ފުލައިޓެވެ.(