-Advertisement-

-Advertisement-

އައިމެސެޖް އެންޑްރޮއިޑް ފޯނަށް؟

Nothing Chats 1

ވަން ޕްލަސްގެ ފައުންޑާ އަދި ކުރީގެ ސީއީއޯ ކާލް ޕޭ ގެ އާ ކުންފުނި ނަތިން އިން ރޭ ވަނީ އެ ކުންފުނީގެ ނަތިން ފޯން 2 އަށް އަލަށް ތާރަފް ކުރާ މެސެޖިން އެޕް “ނަތިން ޗެޓް” މެދުވެރިކޮށް އެޕަލް އައިމެސެޖް ބޭނުން ކުރެވޭނެކަމަށް ބުނެފައިއެވެ.

އައިމެސެޖް އަކީ ހަމައެކަނި އެޕަލް ޑިވައިސްތަކަށް އެޕަލްއިން ތައްޔާރުކޮއްފައިވާ މެސެޖިން ޕްލެޓްފޯމެކެވެ. އަދި އައިމެސެޖް ވެފައިވަނީ ގިނަ ބަޔަކު އެޕަލް ޑިވައިސްތަކާ ދުރުނުކޮށްދީ ހިފަހައްޓައިދޭ ފީޗާއަކަށެވެ.

ދުނިޔޭގެ އެހެނެ ގައުމުތަކަކާ ހިލާފައެއް އެމެރިކާގައި މެސެޖެ ކުރުމަށް ތާރޑް ފާޓީ އެޕް ބޭނުންނުކުރެއެވެ. ފޯނުގެ އިންނަ މެސެޖިން އެޕް އަކީ އެންމެންވެސް ބޭނުން ކުރާ އެޕެވެ. 2011 ވަނަ އަހަރު އެޕަލްއިން އައިމެސެޖް ގިނަ ފީޗާސްތަކާއެކުގައި ތައާރަފް ކުރުމުން އައިމެސެޖްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑުވެފައިއެވެ. ހާއްސަކޮށް އައިފޯންގެ އެންމެ ބޮޑު މާކެޓް އެކެރިކާގައި ވަނީ ބޮޑުވެފައިއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި %50 އަށް ވުރެ ގިނަ މީހުން ބޭނުން ކުރަނީ އެޕަލް އައިފޯނެވެ. އަދި %87 ޒުވާނުން އެންމެ ފުރަތަމަ ބޭނުންވާ ސްމާޓް ފޯނަކީ އައިފޯނެކެވެ. އެހެން ކަމުން އައިމެސެޖް ސަޕޯޓްކުރާ އެންޑްރޮއިޑް ފޯންއެއްގެ ޑިމާންޑް ވަރަށް ބޮޑުވާނެއެވެ.

ނަތިންއިން އައިމެސެޖް ސަޕޯޓް ކުރާ އެޕްލިކޭޝަންއެއް އެދި ގޮތާމެދުވެސް ސުވާލުކޮއްލަން ޖެހެއެވެ. އެޕަލް ފަދަ އެމީހުންގެ އިކޯ ސިސްޓަމްގައި ގިނަ ފީޗާތައް ބޭނުން ކުރެވޭގޮތްހަދާ އަދި ހާއްސަކޮށް އެޕަލް ޑިވައިސްތަކަށް މީހުން ޝައުގުވެރިކުރުވާ އައިމެސެޖް އެހެން ފަރާތަކުން ބޭނުން ކުރެވޭގޮތަށް ހަމަ ޔަގީނުންވެސް އެޕަލް އަކުން ނަހަދާނެއެވެ. ނަމަވެސް ނަތިންއިން ބުނާ ގޮތުގައި އެމީހުންގެ އެޕްގައި އައި މެސެޖް ބޭނުން ކުރެވޭނެއެވެ.

ނަތިން އިން އައިމެސެޖް އިންޕްލިމެނެޓް ކޮއްފައިވަނީ ވަރަށްވެސް ނުރައްކާތެރިގޮތަކަށެވެ. މިއީ އެ އެޕް ބޭނުން ކުރާނެ އެތައް ބައެއްގެ ޕްރައިވެސީއަށް އަރާގަތުނަށް މަގުފައިވާ ގޮތަށް ހަދާފައިވާ އެޕެކެވެ. މި އެޕް މަސައްކަތް ކުރާ ގޮތަކީ އެޕް ބޭނުން ކުރަން ފަށާއިރު އެޕަލް އައިޑީއިން ސައިންވާން އަރައެވެ. މި ސައިން އިން ވެވެނީ އެހެން ކުންފުނިއެއްގައިވާ މެކް މިނީ ކޮންޕިއުޓަރ އެއްގައިއެވެ. ނަތިންއިން ބުނާ ގޮތުގައި އެއްވެސް އެހެން މީހަކަށް މި ޑިވައިސް ބޭނުނެއް ނުކުރެވޭނެއެވެ. ނަމަވެސް ނުދަންނަ ތަނެއްގައި ހުރި ކޮންޕިއުޓަރ އެޕަލް އައިޑީއިން ސައިން އިން ވުމަކީ ނުރައްކާތެރިކަމެކެވެ.

ޕްރައިވެސީ ރިކްސް ތަކެއް ހުއްޓަސް އެކެރިކާގައި ނަތިން ކުންފުނިން މި އެޕް ތާރަފް ކުރުމުން ގިނަ ބަޔަކު ބޭނުން ކުރާނެކަމަށް ބެލެވެއެވެ. ސަބަބަކީ އެމެރިކާގައި އައިމެސެޖައް ބަރޯސާވެފައިވާ މިންވަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-