-Advertisement-

-Advertisement-

އިޒްރޭލުގެ ޕާސްޕޯޓު “ބޭން” ކުރުމަށް އެދި އިހްތިޖާޖް ކުރަނީ!

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރުމުގެ ގޮތުން މަޖިލިސް މާލަމް ދޭން ޖެހޭ ކަމަށް ބުނެ، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އެޖެންޑާ ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވުމުން އެކަމުގެ ނުރުހުން ފާޅުކޮށް ގައުމުގެ ޕާސްޕޯޓް “ބޭން” ކުރުމަށް ގޮވާލާ ގިނަ ބަޔަކު ރައްޔިތުން މަޖިލީހުގެ ދޮށުގައި އިހްތިޖާޖް ކުރަން ފަށައިފިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު، ވިލިނގިލި ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސެއިން ވަނީ މަޖިލީހަށް ފަލަސްތީނު މައްސަލައިގައި ގަރާރެއް ހުށައަޅާފައެވެ. އަދި އެގަރާރު މިއަދުގެ މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކޮށްދިނުމަށް ބައެއް މެންބަރުން ވަނީ އެދިފައެވެ. އަދި އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް ގޮވައިލާ ޕޯސްޓަރުތަކެއް ހިފައިގެން ތަޅުމުގައި މެންބަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ސަރުކާރުން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އަށް މީހުން އެތެރެވުން މަނާކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ކުރިމަތީގައި ގިނަ އަދަދެއްގެ އާންމުން މިއަދު ހެނދުނު 10:00 ގައި ފެހި ހެދުމުގައި އިހުތިޖާޖުކޮށް، އެ ކަން އެ ގޮތަށް ނިންމަން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަންވެސްވަނީ ފަށާފައެވެ. އެ މީހުން ގޮވައިލީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި އެ ގައުމުގެ ޕާސްޕޯޓް މަނާކުރުމާއި އިޒްރޭލަށް ފަންޑު ކުރާ ބްރޭންޑުތައް ބޮއިކޮޓް ކުރުމަށެވެ.

މަޖިލިހުގެ އިދާރާގެ ކުރިމަތީގައި އެއްވެ ތިބި މީހުންނާ ބައްދަލުކުރަން އެންމެ ފުރަތަމަ ނުކުމެވަޑައިގަތީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންނެވެ.އަދި އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ މުޅި ހަޔާތްޕުޅުގައި ވެސް ހުންނެވީ ފަލަސްތީނާ އެކު ކަމަށާއި މުޒާހަރާއެއް ތަކަށްވެސް ވަޑައިގަންނަވާނެކަމަށްވަނީ ވިދާޅުވެފައެވެ ނަމަވެސް، އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭނެ ކަމަށާއި ޒަޔަނިޒަމާއި އިޒްރޭލަކީ ތަފާތު އެއްޗެއްކަން ދަންނަން ޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި ޑިމޮކްރެޓްސްގެ މެންބަރުންގެ އަދަދު މަދުކަމާ އެކު، މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށް އެ ޕާޓީގެ މެންބަރުން ވިދާޅުވުމުން، އިހުތިޖާޖުގެ ބައިވެރިން ވަނީ އެ މައްސަލަ ސިޔާސީ ނުކުރަން ގޮވާލައިފައެވެ. އެއާ އެކު އެ މެންބަރުން އަނބުރާ މަޖިލިހުގެ އިދާރާގެ ތެރެއަށް ވަނީ ވަޑައިގެންފައެވެ.

މަޖިލިހަށް ގަރާރެއް ހުށަހަޅާފައި އޮތަސް އެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށާއި މި ވަގުތު އެންމެ މުހިންމު ކަމަކަށް އޮތީ ސަޕްލިމެންޓަރީ ބަޖެޓާއި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތް ކަމަށް އިހުތިޖާޖުކުރަމުން ގެންދިޔަ ބައިވެރިންނާއި އެމްޑީޕީގެ މެންބަރުން ބައްދަލުކޮށްވަނީ ވިދާޅުވެފައެވެ.

“އާސަންދަ ބޭނުންވެފައި ތިބި އެތައް ބަޔަކު އެބަ ތިބި. ދިވެހި ރައްޔިތުން ބަނޑަށް ޖެހުމުން ސަލާމަތް ކުރުމަށް ވެސް މި ބަޖެޓު ފާސްކުރުން މި ވަގުތަށް ވަރަށް މުހިންމު،” އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ވަނީ އިހުތިޖާޖުގެ ބައިވެރިންގެ އަޑު އައްސަވައި މިއަދު އެ މައްސަލައިގައި މަސައްކަތްތައް ފަށަން ވައުދުވެވައިޑައިގެންފަ އެވެ.
އެއްވުމުގެ އިސް މީހުންނާ އަސްލަމް މިވަގުތު ބައްދަލު ކުރައްވަމުން ގެންދަވާއިރު، ފިއްތުންތައް ބޮޑުވެ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިއަދު އެ މައްސަލަ ވަނީ ފަށައިފަ އެވެ. ހެނދުނު 11:30 ގައި ފެށި އެ ކޮމިޓީއަށް އެޖެންޑާކޮށްފައި އޮތީ ވީ އެންމެ އަވަހަކަށް އިޒްރޭލު ޕާސްޕޯޓާއި އިޒްރޭލްގެ ޓޫރިސްޓުން ރާއްޖެ އައުން މިހާރުން މިހާރަށް ހުއްޓުވުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މަޝްވަރާތަކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-