މަސައްކަތްތަކާއި، އާއިލީ ޒިންމާތަކާއި އަމިއްލަ ކަންތައްތަކުގެ ސަބަބުން ކަންބޮޑުވެ ހާސްވޭތަ؟ އެހެންވިއްޔާ މި ބުނެލަނީ ވަޒީފާއާއި އާންމު ދިރިއުޅުން ހަމަ ހަމަ ކަމާއި އެކު ގެންގުޅެވިދާނެ ފަސޭހަ ގޮތެކެވެ.
ފަހެއް ފަންސަވީސް ޤަވައިދަކީ ވަރަށް އާދައިގެ އެހެން ނަމަވެސް ނަތީޖާ ފެންނާނެ ޤަވައިދެކެވެ.
- ތިމާގެ އެންމެ މުހިންމު ފަސް (5) ކަމެއް ކަނޑައަޅާށެވެ. މީގެ ތެރޭގައި މަސައްކަތުގައި ނިންމުން މުހިންމު ކަމަކާއި، އާއިލީ ވަގުތު، އަމިއްލަ ނަފްސަށް ދޭ އަޅާލުން ނުވަތަ ތިމާ ޚާސިލް ކުރަން ބޭނޫންވާ ކަމެއް ހިމެނިދާނެއެވެ.
- ބޭކާރު 25 ބައިތައް އުނިކޮށްލާށެވެ.
ތިމާގެ އެހާ މުހިއްމު ނޫން ކަންކަމުން ތެރެއިން %25 ދޫކޮށްލާށެވެ. މި ކަންކަމަކީ ތިމާގެ ވަގުތާއި ހަކަތަ ބޭކާރު ގޮތުގައި ނަގާލާނެ ކަންކަމެވެ. މީގެ ތެރޭގައި މިސާލަކަށް މަސައްކަތުގެ ތެރެއިން ކޮންމެހެން ކުރަން ނުޖެހޭ ކަންކަމާއި، އާނމު ދިރިއުޅުމުގެ ތެރޭގައި ކޮފީއަށް ދިއުން، ފޯނުގައި ގިނަ ވަގުތު ހޭދަކުރުން ނުވަތަ ސައިކަލު ބުރު ޖެހުން ފަދަ ބޭކާރު ބައްދަލުވުން ތަކަށް ނޫނެކޭ ބުނެވިދާނެއެވެ. - މިގޮތަށް ކަންތައް ކުރުމުން މިހާރު ހުންނާނީ ހުސްވަގުތު ތަކެއް ލިބިފައެވެ. މި ވަގުތު ތަކުގައި އެއްކަލަ ކަނޑައެޅި 5 ކަންތައް ކުރާށެވެ.
- ވަޒީފާއާއި އާންމު ދިރިއުޅުން ވަކި ކުރާށެވެ. ތިމާގެ ސިކުޑީގައި 24 ގަޑިއިރު މަސައްކަތްތައް ނުބަހައްޓާ، ވަކި ގަޑިތަކެއް ދެ ކަމަށްވެސް ޚާއްސަ ކުރާށެވެ. މަސައްކަތުގެ ވަގުތު ނިމުމުން އެކަން ހުއްޓާލާ އެހެން މުހިއްމު ކަންތަކަށް ސާމާލުކަން ދޭށެވެ.
މިހެން ކަންތައް ކުރުމުން ހަޤީގަތުގައިވެސް ވަޒީފާއާއި އާންމު ދިރިއުޅުމުގެ ކަންކަން ބެލެންސްކޮށް ގެންގުޅެވިދާނެކަން ތިމާއަށް ޔަގީން ވާނެއެވެ.