-Advertisement-

-Advertisement-

އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް މަންނާނު!

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުޙައްމަދު ހަމީދު، ރިޓަޔާ ކުރެއްވުމުން ފުލުހުންގެ އިދާރާ ހިންގެވުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފާ މިއަދު ހަވާލު ކޮށްފިއެވެ.
އިއްޔެ ޝަރަފުވެރިކަމާއެކު މުޙައްމަދު ހަމީދު ރިޓަޔާ ކުރުމާއި އެކު، ފުލުހުންގެ އެކްޓިން ކޮމިޝަނަރުގެ މަޤާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް އައްޔަންކޮށްފައިކަމަށް ފޮލިހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ އިން ފެށިގެން މަންނާނަކީ އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަމަޖައްސާފައިވާ ކަމަށެވެ.

މަންނާން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މީގެ 29 އަހަރު ކުރިންނެވެ. އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީއިން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު މަންނާނު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި އޭނާއަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އަދި ޔޫތު ކްރިމިނަލް ޖަސްޓިސްގެ ދާއިރާގައި މިވަގުތު އެންމެ ތަޖުރިބާކާރު އެއް އިންވެސްޓިގޭޓަރެވެ.

ޑރ. މުޙައްމަދު މުއިއްޒު މާދަމާ ވެރިކަމުގެ ހުވާ ކުރައްވާއިރު އެ ސަރުކާރުން އާ ޕޮލިސް ކޮމިޝަނަރެއް އައްޔަން ކުރައްވާނެއެވެ. އިއްޔެ ސީޕީކަމުން ހަމީދު ރިޓަޔާ ކުރެއްވުމުގެ ކުރިން ވަނީ ގިނަ ފުލުހުންތަކަކަށް ބޮޑެތި ޕްރޮމޯޝަންތަކެއް ދީފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-