މާދަމާ އޮންނަ އިންތިހާބީ ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހުއާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ވެގެންދާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމެއްގެ އިސް ލީޑަރަކާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވާނެ ފަހު ބައްދަލުވުމުށެވެ.
މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރެއްވުމަށް ރަނިލްގެ ވެރިކަމުގައި ކުރައްވަމުން އަންނަ މަސައްކަތްތަކަށް ވެސް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވި އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަލްސާ އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު ޖުމްހޫރީ މައިދާނުގައިއެވެ. ސްރީ ލަންކާގެ ރައީސްގެ އިތުރުން 46 ގައުމެއްގެ މަންދޫބުން މި ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާނެއެވެ.