ފެނުގެ ބަދަލުގައި އިޒްރޭލަށް ހަކަތަ ފޯރުކޮއްދިނުމައަށް އުރުދުން އެން އެއްބަސްވެފައިވާ އެއްބަސްވުން އާނުކުރާނެކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.
”އަޅުގަނޑުމެން ސަރަހައްދީ މަޝްރޫއުތަކާ ބެހޭ ގޮތުން ސަރަހައްދީ މަޝްވަރާތައް ކުރަން. އަޅުގަނޑަށް ހީވަނީ މިހުރިހާ ކަމެއް ހަނގުރާމައިން ސާބިތުވެއްޖެ، އެކަން “އެއްބަސްވުން” ކުރިއަށް ނުދާނެހެން،“ އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ އަލްޖަޒީރާއަށް އިންޓަވިއު އެއްދެއްވަނުން ދެންނެވިއެވެ.
އުރުދުން އާއި އިޒްރޭލުން ވަނީ 1994 ވަނަ އަހަރުން ފެށިގެން ނާޒުކު ސުލްހައިގެ އެއްބަސްވުމެއް ވެފައިއެވެ. ބަދަލުގައި އުރުދުންގެ ހިފާފައިވާ ބިމުގެ ގާތްގަނޑަކަށް 380 ކިލޯމީޓަރު (236 މޭލު) އިޒްރޭލުގެ ކޮންޓްރޯލުން އަނބުރާ ގެނެސް، ގިނަ ދުވަސްތަކެއް ވަންދެން ފެނުގެ މައްސަލަތައް ހައްލުކުރި އެވެ.
”އަޅުގަނޑުމެން [އުރުދުން] ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރީ 1994 ވަނަ އަހަރު ދެ ދައުލަތުގެ ހައްލެއް ގާއިމް ކުރުމަށް އަރަބިން ކުރި ފުޅާ މަސައްކަތުގެ ތެރެއިން. އެކަން ހާސިލްވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިޒްރޭލުން ވަނީ އެއްބަސްވުމުގައި ހިލާފުވެފައި އެވެ.“ އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ އިތުރަށް ވާހަކަ ދައްކަވަމުން ދެންނެވިއެވެ.
އިރުމަތީ އިޒްރޭލުގަ ބޯޑަރާ ޖެހިގެން އަރުދުން އޮންނަ އިރުގައި އުރުދުން އިން ދަނީ އަޒްރޭލެގެ އަމަލްތައް ކުއްވެރިކޮށް އދ ފަދަ ތަންނަނުގައިވެސް އަޑު އުފުލަމުންމެވެ.
7 އޮކްޓޯބަރުން ފެށިގެން އަޒްރޭލުން ދަނީ ހަނގުރާމައިގެ އުސޫލްތަކާއި ހިލާފަވެ, އެތައް ލާއިންސާނީ އަމަލުތަކެއް ގާޒާގައި ހިންގަމުންނެވެ. މިހާތަނަށް 12,000 އަށްވިރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އަޒްރޭލުގެ ސިހުޔޫނީ ސިފައިން ޝަހީދުކޮއްލާފައިއެވެ.