އޯޕަންއޭއައިގެ ސީއީއޯގެ މަގާމުން ސޭމް އޮލްޓްމަން ވަކިކޮށްފައިވާ ކަމަށް އެ ކުންފުނިން ހުކުރު ދުވަހު އިއުލާންކޮށްފި އެވެ.
އޮލްޓްމަން ވަކިކޮއްފައިވަނީ އެކުންފުނީގެ ބޯޑުން ރިވިއު ޕްރޮސެސްއަކަށް ފަހު، ބޯޑާ މުއާމަލާތްތަކުގައި ސޭމް “ތެދުވެރި” ނޫން ކަމަށް ނިންމާފައެވެ. ޒިންމާ އަދާކުރުމުގެ ގާބިލްނޫން ކަމުގައި ނިންމުމައްފަހުގައިއެވެ، ކުންފުނިން ބްލޮގް ޕޯސްޓުގައި ބުނެފައިވަނީ ”އޯޕަންއޭއައިގެ ސީއީއޯ މަގާމުގައި ހުންނެވި ސޭމް އޮލްޓްމަން މެދުގައި ކުންފުނީގެ ބޯޑުގެ އިތުބާރެއް ނެންކަމަށެވެ.“
OpenAI announces leadership transition https://t.co/fFYDLwGXQz
— OpenAI (@OpenAI) November 17, 2023
ވަގުތީ ސީއީއޯއަކަށް ހުންނާނީ ޗީފް ޓެކްނޮލޮޖީ އޮފިސަރު މީރާ މުރާތީ އެވެ. މީރާ މު މަގާމުގައި ހުންނާނީ ސީއީއޯގެ މަގާމަށް ދާއިމީ ބޭފުޅެއް އައްޔަން ކުރެވެންދެނެވެ.
ސޭމް އޮލްޓްމަން ވެފައިވަނީ އޯޕެން އެއައި އާމުންނަށް ފެންނަ ކުންފުނީގެ މޫނުކަމުގައިއެވެ. މިހާރު އެންމެނަށް އާންމު ޗެޓްޖީޕީޓީ އުފައްދާއި ވަނީ އޯޕެންއޭއައި އިންނެވެ. މި މަސައްކަތާއި އެކު މި ކުންފުނި 80 ބިލިޔަން ޑޮލަރުގެ ކުންފުންޏަކަށް ހަދާ ދިނީ ސޭމް އޮލްޓްމަން
2018 ވަނަ އަހަރު އޯޕެންއޭއައި ކުންފުނި އުފައްދާފައިވަނީ ސޭމް އޮލްޓްމަން އާއި މައްޝޫރު ވިޔަފާރިވެރިޔާ އީލަން މަސްކްއެވެ. ނަމަވެސް އޯޕެންއެއައި އާއި އޭނާގެ ކުންފުނި ޓެސްލާއާއި މަސްލަހަތު ފުށުއަރާތީ އޭނާ ވަނީ ކުންފުނި ދޫކޮއްލާފައިއެވެ.