މިސްރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ހުސާމް އަބްދުލް ޣައްފަރު އާދީއްތަ ދުވަހު ވިދާޅުވީ ޣައްޒާއިން އެގައުމަށް އެވްރެޖްކޮށް ޒަޚަމްވެފައިވާ ފަލަސްތީނުގެ 40-50 ކުދިން ލިބެމުންދާ ކަމަށެވެ.
އަބްދުލް ޣައްފާރު ވިދާޅުވީ ޣައްޒާއިން އަންނަ ކޭސްތަކުގެ 39 ޕަސެންޓަކީ އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި ނުވަތަ މަހަކަށް ވުރެ ގިނަ ދުވަހު ފަރުވާ ނުލިބި ތިބި ކުދިން ކަމަށެވެ.
މިސްރުން ދަނީ ޒަޚަމްވެފައިވާ ޣައްޒާގެ މީހުން، މައިގަނޑު ގޮތެއްގައި ކުޑަކުދިން، އެގައުމުގެ ސަރަހައްދުތަކަށް ބަދަލުކުރުމަށް އެހެން ގައުމުތަކާ އެއްބާރުލުން ދެމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެ ސަރަހައްދުގެ އެންމެ ބޮޑު ހޮސްޕިޓަލުން ކަމުގައިވާ ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުން 31 ޕްރީމެޗަރ ތުއްތު ކުދިން ނެރެފަ އެވެ.
މުޅި ސަރަހައްދުގައި ކަރަންޓް ކެނޑުމުންނާއި ފެނާއި މެޑިކަލް ސާމާނާއި ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ހުސްވުމުން ފަރުވާ ނުދެވި އަލް ޝިފާ ހޮސްޕިޓަލުގައި 250 އަށް ވުރެ ގިނަ ބަލިމީހުންގެ ޒަޚަމްތަކާއި އެހެނިހެން އަވަސް ހާލަތްތަކުގައި އެބަތިއްބެވެ. މިދިޔަ ބުދަ ދުވަހު އެ ފެސިލިޓީއަށް ވަނުމުގެ ކުރިން އިސްރާއީލުގެ ސިފައިން ވަނީ ހޮސްޕިޓަލުގެ ގޭޓްތަކުގެ ބޭރުގައި ދުވަސްތަކެއް ވަންދެން ފަލަސްތީނުގެ ހަނގުރާމަވެރިންނާ ހަނގުރާމަކޮށްފަ އެވެ.