ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ “ލީޑިން ޑެސްޓިނޭޝަން” އެވޯޑް ލިބިއްޖެ އެވެ.
މި އެވޯޑް ރާއްޖެއަށް ލިިބިފައިވަނީ، ދުނިޔޭގެ އެންމެ މަގްބޫލު 17 މަންޒިލަކާ ވާދަކޮށެވެ. އޭގެ ތެރޭގައި ދުބާއީ، އިންޑޮނީޝިއާ، ނިއުޒީލެންޑް، ސްޕެއިން އަދިވިއެޓްނާމް ފަދަ ގައުމުތައް ހިމެނެއެވެ.
މިއީ ދުނިޔޭގެ ޓޫރިޒަމް މަންޒިލްތަކުގެ ފެންވަރާއި މަގުބޫލުކަން ކަނޑައަޅައިދޭ އެވޯޑެކެވެ.
ރާއްޖެ އިޝްތިހާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެމްޕީއާރްސީއިން މަައުލޫމާތު ދެއްވި ގޮތުގައި މި އެވޯޑްގެ ސަބަބުން ރާއްޖެއަކީ އަދިވެސް ދުނިޔޭގައިއެންމެ މަގްބޫލު މަންޒިލްކަން ހާމަވާ ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް 2023 ހަފްލާ ކުރިއަށް ދިޔައީ ދުބާއީގެ ބުރުޖް އަލް އަރަބްގަ އެވެ.
ލީޑިން ޑެސްޓިނޭޝަންގެ އިތުރުން ވޯލްޑް ޓްރެވަލް އެވޯޑް އިން ވަނީ އެމްއެމްޕީއާރްސީއަށް ވޯލްޑް ލީޑިން ޓޫރިސްޓް ބޯޑު އެވޯޑް ވެސް ލިބިފަ އެވެ. މިއީ މި އެވޯޑްއެމްއެމްޕީއާރްސީއަށް ލިބުނު ދެވަނަ އަހަރެވެ.