މިއަދު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުން އަޢުޒަމްގައި ހުކުރު ކުރައްވާނީ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛް މުޙައްމަދު ފިރްޒުލް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިކަން ހާމަ ކުރައްވާފައިވަނީ އެކްސް ޕޯސްޓެއެއްގައި އެވެ.
08 ޑިސެންބަރު 2023ވާ ހުކުރުދުވަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުން އަޢުޒަމްގައި ހުކުރު ކުރައްވާނީ އަލްއުސްތާޛް މުޙައްމަދު ފިރްޒުލް ޢަބްދުﷲ ޚަލީލު.
— Ministry of Islamic Affairs (@MVIaffairs) December 7, 2023
ޚުޠުބާގެ މައުޟޫއަކީ އިންސާނާގެ ޙަޔާތުގައި ޞައްޙަ
ޢަޤީދާގެ މުހިއްމުކަން. pic.twitter.com/nQFAaN3tnE
ހުކުރު ޚުޠުބާގެ މައުޟޫއަކީ “އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަން” މިއެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މަގާމް ފުރުއްވަމުން ގެންދަވާ މުޙައްމަދު ފިރްޒުލް އަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނޫން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛް މުޙައްމަދު ފިރްޒުލް ޤުރުއާން ހިތު ދަސް ޢިލްމުވެރި ޒުވާނެއްކެވެ.
ރައީސް އޮފީހުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ފިރްޒުލް ވަނީ އައިއެލްއެމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމްވެސް ފުރުއްވާފައިވެއެވެ.
މީގެ އިތުރުން “ދިޔަރެސް” ނޫހުގައި ފިރުޒުލް ވަނީ ދީނީ، ސަޤާފީ އަދި ޢިލްމީ ލިޔުންތައްވެސް ލިޔުއްވާފައިއެވެ.
ފިރްޒުލް އަށް ތައުރީފް ކުރައްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ އިސްލާމީ ޚިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަންވާނެ ކަމަށެވެ.
އަލްއުސްތާޛު މުޙައްމަދު ފިރުޒުލްއަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނޫން ތަޢުލީމު ޙާޞިލްކުރައްވާފައިވާ ޤުރުއާން ހިތު ދަސް ޢިލްމުވެރި ޒުވާނެއް. ޤައުމީ އިސްލާމީ ޚިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަންވާނެ. https://t.co/3WxI3dhX0v
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 7, 2023