-Advertisement-

-Advertisement-

‎ބީއެމްއެލްގެ އެހީގައި އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް

ބީއެމްއެލްގެ އެހީގައި އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކޮށްފި އެވެ.

މި ރޫމަކީ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށް ތަރައްގީ ކޮށްފައިވާ ރޫމެކެވެ.

މި ރޫމް އެ ސްކޫލުގެ ޖުވެލް ސެންޓަރުގެ 130 އަށް ވުރެ ގިނަ ދަރިވަރުން ބޭނުން ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެ ކުދިންގެ ގާބިލްކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލްތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެންނެވެ.

މީގެ އިތުރުން  މި މިރޫމްގައި ދަރިވަރުންނަށްސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިންހިދުމަތް ވެސް ހޯދޭނެ އެވެ.

ބީއެލްއެލް އިން ވަނީ ފާއިތުވި ހަތަރު އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގެ 40 ސްކޫލަކަށް ސްޕެޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-