އާ ސަރުކާރަށް މަހެއް ވާން ކައިރި ވެފައިވާއިރު، ރައީސް އޮފީހުގައި މީޑިއާތަކަށް މައުލޫމާތު ދޭން ތަރުޖަމާނެއް އައްޔަނުނުކޮށް ދިގުލައިގެން ހިނގައްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ނިމިދިޔަ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ހުވާކުރެއްވުމަށްފަހު، އެ މަނިކުފާނުގެ ކެބިނެޓާއި ރައީސް އޮފީހުގެ އިސްމަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވި އެވެ. އޭގެ ފަހުން، އެ މަނިކުފާނު ގެންދަވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ވެސް ބޭފުޅުން ހަމަޖައްސަވަމުންނެވެ.
ނަމަވެސް، ސަރުކާރަށް 21 ދުވަސް ވެގެން ދިޔައިރު ވެސް، ރައީސް އޮފީހަށް ތަރުޖަމާނެއް އައްޔަންނުކުރެ އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރަމުން އަންނާތީ ރައީސްއޮފީހުގެ ތަރުޖަމާނުގެ މަގާމަށް ވެސް ކުރިއަށް އޮތް ތަނުގައި ބޭފުޅަކު އައްޔަންކުރާނެ ކަމަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނަކީ، ރައީސްގެ މަސައްކަތްޕުޅުތަކާއި ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އާއްމުކޮށް މައުލޫމާތު ދެއްވާ ބޭފުޅާ އެވެ.