-Advertisement-

-Advertisement-

“ހިއުމަން ރައިޓްސް 75” ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖެނީވާއަށް

ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގައި އިންސާނީ ހައްގުތައް ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި އދ. ފަރާތުން އެކުލަވާލި މުއާހަދާއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި ބާއްވާ “ހިއުމަން ރައިޓްސް 75” ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޖެނީވާ އަށް ވަޑައިގެންފި އެވެ.

މި ހަރަކާތްތައް ކުރިޔަށް ދާނި ޑިސެންބަރު 11 އާއި 12 ވަނަ ދުވަހު އެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ ހިއުމަން ރައިޓްސް 75 ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

އެ ހަރަކާތްތަކުގައި ބޭރު ގައުމުތަކުގެ ޢިއްޒަތްތެރިންނާއި އދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމުގެ އިތުރުން “އިންސާނީ ހައްގުތަކުގެ މުސްތަގުބަލު، ތިމާވެށި އަދި މޫސުން” މި މައުލޫތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ވެސް ނައިބް ރައީސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-