އެންޑޯމެޓްރިއޯސިސް ފަދަ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އާސްނަދަ ލިބޭ ގޮތަށް ހަމަޖައްސަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި ނިންމުނު ނިންމުންތައް ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ އަދި އިންތިޤާލީ ސްޕޯކްސް ޕަރސްންކަން ކުރެއްވި އަލްއުސްތާޒް މުޙައްމަދު ފިރްޒުލް ވިދާޅުވީ އައިވީއެފްގެ ޚިދުމަތެކޭ އެއްފަދައިން އެންޑޯމެޓްރިއޯސިސް އަށް ވެސް އާސަންދައިން ފަރުވާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިކަމަށެވެ.
އެންޑޯމެޓްރިއޯސިސް އަކީ ރާއްޖޭގައި ވަރަށް ޢާއްމު، އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. އައިވީއެފް ހެދުމަށް ދިމަވާ މައިގަނޑު އެއް ސަބަބަކީވެސް އެންޑޯ މެޓްރިއޯސިސްއެވެ.