-Advertisement-

-Advertisement-

ކޮމިޓީން ނިންމީ ތިނަދު އަށް ސިޓީއެއްގެ ހައިސިއްޔަތު ދޭން މުއައްސަސާތަކަށް އަންގަން!

ފޮޓޯ؛ ދަ ޓައމްސް އޮފް އައްޑޫ

ނިމިދޔަ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު އެ ކައުންސިލުން އުފެއްދި ސުވާލުތައް ސާފުކޮށްދީ ސިޓީއެއްގެ ދަރަޖަ އާއި ހައިސިއްޔަތު ދޭން މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ތިނަދޫ ކައުންސިލުން ވަނީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަތައް ކޮމިޓީ އަށް ހިއްސާ ކޮށްފަ އެވެ.

ހުށައެޅުނު މައްސަލަތަކަށް ބަހުސް ކުރުމަށް ފަހު ލާމަރުކަޒީ ކޮމިޓީން މިއަދު ވަނީ އެ ކޮމިޓީ އަށް ފާހަގަވާ ކަންކަން ވިދާޅުވެ ގޮތެއް ނިންމައިފަ އެވެ.

އޭގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ރަށު ކައުންސިލަށް ލިބޭނެ ކަމާއި ތިނަދުއަކީ ސިޓީއެއް ކަމަށް ކަނޑައަޅާފައިވާތީ އެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ވީ އެންމެ އަވަހަކަށް ދިނުމަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގައި ދަންނަވަން އެ ކޮމިޓީން ނިންމި އެވެ.

އެ ނިންމުން ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ވެސް މެންބަރުން ނިންމި އެވެ. އެގޮތަށް ފާސް ކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-