-Advertisement-

-Advertisement-

ދަނޑުގައި ސަޕޯޓަރަކު ހިތް ހުއްޓި މަރުވުމުން ގްރަނާޑާގެ މެޗު ހުއްޓާލައިފި

ގްރާނާޑާ އާއި އެތުލެޓިކް ކްލަބް ބިލްބާއޯއާ ކުޅުނު މެޗެއް ބަލަށް ސްޓޭޑިއަމްގައި ހުރި ގްރަނާޑާގެ ސަޕޯޓަރަކަށް ހާޓް އެޓޭކެއް ޖެހި މަރުވުމުން، މެޗު ހުއްޓާލައިފި އެވެ.

ހަމަޖައްސާފައިވާ ގޮތަށް މެޗު ފެށި ނަމަވެސް ފުރަތަމަ ހާފުގެ ކުރީކޮޅު މެޗު ހުއްޓާލި އެވެ. ސްޕެއިންގެ މީޑިއާތަކުން ބުނީ ހާޓް އެޓޭކް ޖެހުނީ 64 އަހަރުގެ ސަޕޯޓަރަކަށް ކަމަށެވެ.

ގަޑިއެއްހާއިރު ވަންދެން އޭނާ ފަރުވާ ދިން ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވުނެވެ. ލަލީގާއިން އެ މީހާ މަރުވެފައިވާކަން އިއުލާންކޮށްފަ އެވެ. މެޗު މެދުކަނޑާލީ ދެ ކްލަބުން ވެސް އެއްބަސްވުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-