-Advertisement-

-Advertisement-

ރިޔާސީ އިންތިޚާބުގައި ވާދަކުރި 5 ކެނޑިޑޭޓަކު ޖުރުމާނާ ކޮށްފި

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީީސް އިސްމާޢީލް ހަބީބް

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި 08 ކެނޑިޑޭޓުންގެ ތެރެއިން 05 ކެނޑިޑޭޓަކާއި އެކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އެޖެންޓް އިލެކްޝަންސް ކޮމިޝަނުން ޖުރުމާނާ ކޮށްފިއެވެ. މިއަދު ބޭއްވުނު އިލެކްޝަންސް ކޮމިޝަނުގެ ޖަލްސާއިން މިގޮތަށް ނިންމައި އެކަން އިޢުލާން ކޮށްފައިވަނީ އެކެނޑިޑޭޓުންގެ މާލީ ބަޔާންތަކުގެ މައްސަލައިގައެވެ.

ރިޔާސީއިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މާލީބަޔާން ހުށަހެޅުމާއި މާލީ ބަޔާނުގައި ވަކި މިންގަނޑުތަކެއް ހުރުމަށް އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނުން ލާޒިމްކުރެއެވެ. ޤާނޫނުން ލާޒިމްކުރާ ކަންކަން ފުރިހަމަނުވާ މާލީ ބަޔާންތަކާއިމެދު ފިޔަވަޅު އަޅާނީ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

މިގޮތުން 05 ކެނޑިޑޭޓަކު -/20،000ރ އިން އަދި އެކެނޑިޑޭޓުންގެ އިންތިޚާބީ އެޖެންޓް -/6،000ރ އިން ޖުރުމާނާކޮށް މިފައިސާ 30 ދުވަހުގެ ތެރޭގައި އެކޮމިޝަނަށް ދެއްކުމަށް ވަނީ އަންގާފައެވެ. ފިޔަވަޅު އަޅާފައިވާ ކެނޑިޑޭޓުންނަކީ؛

  1. ޢުމަރު ނަސީރު، ހ.ދޮންޖޭމުގެ، މާލެސިޓީ
  2. ހަސަން ޒަމީލް، މއ.މާވެޔޮ، މާލެސިޓީ
  3. އަހުމަދު ފާރިޝް މައުމޫން، މއ.ކިނބިގަސްދޮށުގެ، މާލެސިޓީ
  4. އިލްޔާސް ލަބީބް، ބްލޫސްކައި، ސ.ހުޅުދޫ
  5. މުޙައްމަދު ނާޘިމް، މ.ސީނުކަރަންކާގެ، މާލެސިޓީ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-