-Advertisement-

-Advertisement-

45 ރަށެއްގެ ކުނި މެނޭޖްކުރުމަށް ބޭނުންވާ އާލަތްތައް ގެނައުން އިންޑިއާ ކުންފުންޏަކަށް

މިނިސްޓަރ އޮފް އެންވަޔަރްމަންޓް ތާރިޤް އިބްރާހިމް – ފޮޓޯ: މިނިސްޓްރީ އޮފް އެންވަޔަރމަންޓް

ކުނި މެނޭޖްކުރުމުގެ ބޭނުމަށް، 12.9 މިލިއަން ރުފިޔާގެ ތަކެތި ފޯރުކޮށްދިނުމުގެ އެއްބަސް ވުމެއްގައި އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްސް ޕްރައިވެޓް ލިމިޓެޑް އާއެކު މިއަދު އެންވަޔަރްމަންޓް މިނިސްޓްރީއިން ސޮއި ކޮށްފިއެވެ.

ވޯލްޑް ބޭންކްގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރްމަންޓް އިން ހިންގާ “މޯލްޑިވްސް ކްލީން އެންވަޔަރމަންޓް” ޕްރޮޖެކްޓްގެ ތެރެއިން މިފަހަރު ތަކެތި ފޯރުކޮށްދެނީ 4 އަތޮޅަކަށެވެ. އެއީ ނ، ރ، ބ އަދި ޅ އަތޮޅެވެ. މިހަތަރު އަތޮޅުގެ 45 ރަށަކަށް ކުނި މެނޭޖެކުރުމާބެހޭ ވަސީލަތްތައް ފޯރުކޮށްދޭނެއެވެ.

4 މަސްދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ވަސީލަތްތަކުގެ ތެރޭގައި ބިއްލޫރި ފުޅި މުގުރާ މެޝިނާއި، ހޭންޑް ޓްރަކް އަދި ކުނި ބަންދުކުރަން ބޭނުންކުރާ ބޭލަރު ހިމެނެއެވެ.

ލަކީ ގްލޯބަލް ޕްރޮޖެކްސް ޕްރައިވެޓް ލިމިޓެޑް އާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރްމަންޓް ތާރިޤް އިބްރާހިމް ވިދާޅުވި ގޮތުގައި މިވަސީލަތްތައް ރަށްރަށުގައި ޤާއިމްވެގެން ދިޔުމުން އެރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-