-Advertisement-

-Advertisement-

‎ފޮރިން ސެކްރެޓަރީގެ މަގާމު ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކަށް

ފޮރިން ސެކެޓްރީ އަށް ރައީސް ފަތްކޮޅު އަރުވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް ފުރަތަމަ ފަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންހެންބޭފުޅަކު މިއަދު ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ 22 އަހަރު ވަންދެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ މއ. ރެސްޓިން ހައުސް ފާތިމަތު އިނާޔާ އެވެ. އޭނާ ވަނީ1996 އިން 2018 އަށް ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފަ އެވެ.

އިނާޔާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒް އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ

ރައީސް އޮފީހުން ބުނީ އިނާޔާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަމަށެވެ.

އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުގެ ލިޔުން އިނާޔާއާ ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-