އެމްއޭސީއެލްގައި އަލަށް ހުޅުވާފައިވާނީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓްއެވެ. އަދި މިދެތަން ހުޅުވައި ދެއްވީ ހުޅުއްވައިދެއްވީއެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ އާމިރު މަންސޫރު އަދި އެޗްއެމްއެސްހޯސްޓުގެއޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ޑިޕާޗާ ފޯކޯޓްގައި މި ތަން ހުޅުވީ ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފަސޭހައިން ފޯރުކޮށްދިނުމަށްކަމަށެވެ.
މި ތަނުގައި ގްރޭޕް އެކްސްޕެކްޓޭޝަންއިން ހުޅުވީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑް “ދަ ގްރޭޕް“އެވެ. މިއީ މި ކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓް އެވެ. އެޗްއެމްއެސްހޯސްޓް އިން ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ އަދި ގްރެބް އެންޑް ފްލައި ނަމަކަށް ކިޔާ އައުޓްލެޓްތަކެކެވެ.