ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތެއް ފުލުހުންގެސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ޝަފީއު އަކީ މީގެ ކުރިން ޕީޖީ އޮފީހުގެ ތަރުޖަމާނުކަން އަދި ޕީއެސްއެމްގެ ކުރީގެ ޕްރެޒެންޓަރެއްގެ މަގާމުވެސް އަދާކުރި ފަރާތެކެވެ. އަދި މީގެ އިތުރުން މިހާރުޝަފީއުއަކީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ވެސް ދައުލަތުގެވަކީލުންގެ ޓީމުގައި އޭނާ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައެވެ.
މީގެ ކުރިން ވެސް އެފަދަ ތުހުމަތުތަކެއް ޝަފީއު އަށް ކުރި އެވެ. މި ފަހުން އޭނާގެ ވީޑިއޯތަކެއް ލީކުވި މައްސަލާގައި ވެސް މިހާތަނަށް ޕީޖީ އޮފީހުން ފިޔަވަޅުއަޅާފައި ނުވާއިރު
އެ މައްސަލާގައި މީޑިއާ އަށް ވެސް ޕީޖީ އޮފީހުން ޖަވާބެއް ވެސް ނުދެ އެވެ.