-Advertisement-

-Advertisement-

އިޒްރޭލުގެ ޕާސްޕޯޓް ބޭންކުރުމަށް ސީރިއަސް މަސައްކަތްތަކެއް މިދަނީކުރަމުން: ފިރްޒުލް

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛް މުޙައްމަދު ފިރްޒުލް --- ފޮޓޯ: ރައީސް އޮފީސް

އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމުގެ މަސައްކަތް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި މިސަރުކާރުން ކުރަމުންދާކަމަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރްޒުލް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސްއޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިރްޒުލް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުން ކަމަށެވެ. އަދި ކަމާގުޅޭ އެންމެހާ އިދާރާތަކުން ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި މިމަސައްކަތް ކުރައްވާ ކަމަށާއި އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް ހިނގަމުންދަނީ ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންކަމަށް ފިރްޒުލް ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑަށް ކުއްވެރި ކުރައްވާ ކަމަށާއި ވަގުތުން ވަގުތަށް އިޒްރޭލުން ހިންގާ ޢަމަލުތައް ހުއްޓާލުމަށް މީގެކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. ނަމަވެސް ރާއްޖޭގެ ބޮޑު އާބާދީއެއް ބޭނުންވަނީ އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭގޮތަށް އިޒްރޭލު ޕާސްޕޯޓް ރާއްޖެއިން ބޭންކުރުމަށެވެ.

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާފައެވެ. އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ނިންމެވޭނެ ނިންމުމެއް ނޫންކަމަށް ފިރްޒުލް މިއަދު ވިދާޅުވެފައިވާއިރު އިސްރޭލް ޕާސްޕޯޓު މަނާ ކުރުމަށް ރައްޔިތުންގެ މަޖިލިސް ކައިރީގައާއި މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ ބައެއް އަނަންނީ ގޮވާލަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-