-Advertisement-

-Advertisement-

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ޖެނުއަރީ 20 އަށް ފަސްކޮށްފި!

ޕީޕީއެމް ގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން. ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ވަނީ އަންނަ މަހު 20 އަށް ފަސް ކޮށްފި. ފޮޓޯ:ނިއުސްލެބް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި ޕީއެންސީގެ ޖޮއިންޓް މަޖިލިސް ޕްރައިމަރީ އަންނަމަހު 20 އަށް ލަސްކޮށްފިއެވެ.

މިރޭ ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހު 23 ގައި ބާއްވަން ހަމަޖެހިފައި އޮތް މަޖިލިސް ޕްރައިމަރީ އަންނަމަހު 20 އަށް ފަސްކޮށްފައިވާކަމަށެވެ. އަންނަ ރޯދަމަހަށްފަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމަރީގައި ޕީޕީއެމް ޕީއެންސީގެ އިތުރުން މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ ބައިވެރިވާނެއެވެ.

ޕީޕީއެމް ޕީއެންސީ ޕްރައިމަރީ ކުރިން ބާއްވަން ހަމަޖެއްސި ތާރީޚަކީވެސް އަންނަ މަހު 20 އެވެ. ނަމަވެސް އިންތިޚާބު މިމަހު 23 އަށް އަވަސް ކުރީއެވެ. ޕްރައިމަރީ ފަސްކުރުމަށް އެޕާޓީއިން ނިންމީ ސްކޫލް ބަންދު ދުވަސްވަރާއި ދިމާވާ ދުވަސްވަރަކަށް ވެފައި ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ދަތުރުކުރާ ދުވަސްކޮޅަކާއި އެދުވަސްވަރު ދިމާވާތީއެވެ.

ޕީޕީއެމް ޕްރައިމަރީގައި ބައިވެރިވުމަށް 350 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާއިރު ބައެއް ދާއިރާތަކަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލުމުން އެދާއިރާތަކުގެ ޓިކެޓް މިހާރު ވަނީ ޔަޤީންވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-