އަންނަ ޖެނުއަރީ މަހު މާލޭ މޭޔަރު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައި –އިލެކްޝަންގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް މިއަދު ތަރުތީބުކޮށްފިއެވެ.
ކެންޑިޑެޓުންގެ ނަންބަރުތައް ތަރުތީބުކޮށްފައިވަނީ، މިއަދު ދަރުބާރު ގޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައިއެވެ. ގުރު ނަގާފައިވަނީ،ކެންޑިޑަސީ ފޯމު ހުށަހެޅި ތަރުތީބުންނެވެ.
މާލޭ މޭޔަރު ކަމުގައި މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވުމާ ގުޅިގެންނެވެ. އަދި މީގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ކައުންސިލަރުން އާ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރުމުން އެ ތިންދާއިރާގެ ކައުންސިލަރު ކަމުގެ މަގާމުވެސް ވަނީ ހުސްވެފަ އެވެ
މިއަދު ވަނީ ސިޓީ ކައުންސިލްގައި ދެން ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައްވެސް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީތަރުތީބުކޮށްފަ އެވެ.
މާލެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓުން ނަންބަރު ތަރުތީބުވި ގޮތް:
1-ޝުއައިބު އަލީ (އަމިއްލަ ގޮތުން)
2- ހުސައިން ވަހީދު (އަމިއްލަ ގޮތުން)
3- އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
4- އާދަމް އާޒިމް (އެމްޑީޕީ)
5- ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)
މި ހަތަރު މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި–އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.