-Advertisement-

-Advertisement-

ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަށް ވަދެވޭ ހުރިހާ ދޮރެއް ބަންދުކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުރަވީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ – ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ލަދުހުތުރު މަންޒަރުތައް ހިމެނޭ ވެބްސައިޓްތައް މަނާކުރުމަށް ރާއްޖޭގެ ޤާނޫނާއި ދީން، ވަލިއްޔުލްޢަމްރުގެ މައްޗަށް ލާޒިމްކުރާ ކަމަށާއި، އަންނަ ހަފްތާތެރޭގައި މިފަދަ ވެބްސައިޓްތަކަށް ވަދެވޭ ހުރިހާ ދޮރެއް ބަންދުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ މިފަދަ ވެބްސައިޓްތަކަކީ ޒަމާނުއްސުރެ ރާއްޖޭގައި ހުޅުވާލެވިފައިވާ މައިދާނެއްކަމަށާއި ނަމަވެސް ރާއްޖޭގެ ޤާނޫނާއި އިސްލާމީ ޝަރީޢަތުގައިވެސް މީ މަނާކަމެއް ކަމުގައި ވިދާޅުވެފައެވެ.

“ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މިފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމް ހަލާކުކޮށްލާކަމެއް. ލޮޑު ކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރާލާކަމެއް. ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާ ކަމެއް” ބަރަހަނާ މަންޒަރުތަކުގެ ނުބައިކަމާމެދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ލަދުވެތި މަންޒަރުތައް ހިމެނޭ ވެބްސައިޓްތައް މަނާކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށާއި އަންނަ ހަފްތާގައި މިވެބްސައިޓްތަކަށް ވަދެވޭ ހުރިހާ މަގެއް ބަންދުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-