އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހުންނެވި މުހައްމަދު ގައިސް މަގާމުން ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ އެބޭފުޅާ ވަކިކޮށްފައިވާއިރު އެބޭފުޅާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅެކެވެ.
އެސްޓީއޯ ބޯޑުގައި މިވަގުތު ތިއްބެވި ބޭފުޅުންނަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް، މުހައްމަދު މުރާދު، އިސްމާއިލް ޒުމައިލް ރަޝީދާއި، މުހައްމަދު އަހުސަން ސަލީމެވެ.