-Advertisement-

-Advertisement-

‎ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޫކުރަން ނިންމައިފި

ފޮޓޯ: ސަން އޮންލައިން

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އަމިއްލަ ބައެއް ކުންފުނިތަކުން ބޮޑު އަގު ނަގާ މައްސަލަ ހައްލުކުރުމުގެ ގޮތުން ހައްޖު ކޯޓާތައް ދައުލަތު ކުންފުނި،މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް އެކަނި ދޫކޮށްލަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ، އެ ގޮތަށް ނިންމީ ގިނަ އަދަދެއްގެ ބަޔަކު ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީ ވެފައި ވާތީ، ހިދުމަތްއަވަސް ކުރުމަށް ކަމަށެވެ.

މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ލިބުނު 1،000 ހައްޖު ކޯޓާގެ ތެރެއިން 270 ކޯޓާ ދިނީ އަމިއްލަ ތިން ކުންފުންޏަކަށެވެ. ބާކީ ހުރި ކޯޓާތައް ދިނީ ހައްޖުކޯޕަރޭޝަނަށެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-