ހުރަވީ ދުވަހުގެ ބަތަލް އައްސުލްތާން އަލްޣާޒީ ހަސަން އިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ގެ ހަނދާނުގައި ހަނދާނީ މަޢުރަޒެއް ހުޅުވައިފިއެވެ.
މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާއި ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ގުޅިގެން ހުޅުވި މިމަޢުރަޒަކީ ދޮންބަންޑާރައިންނަށް ނިސްބަތްވާ އާސާރުތަކާއި އޭރުގެ ބައެއް ހަތިޔާރު އަދި އެހެންވެސް ދޮންބަންޑާރައިންނާއި ގުޅުންހުރި މަޢުލޫމާތު ލިބޭހެން ހުޅުވި މަޢުރަޒެކެވެ.
މިއަދުން ފެށިގެން މިމަހުގެ 21 އަށް ޢާއްމުންނަށް ހުޅުވާލެވިފައި ހުންނަ މިމަޢުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އެވެ.
ހުރަވީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ސަރުކާރުން ދަނީ ދުވަހާ ގުޅޭ ޚާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއ އަދި ހޮނިހިރު ދުވަހުގެރޭ ވަނީ ދުވަހުގެ ރަސްމީ ޚާއްސަ ޖަލްސާ ބާއްވާފައެވެ.