-Advertisement-

-Advertisement-

މޯލްޑިވިއަން އަށް “ބޮޑު” ދެ މަތިންދާބޯޓް ގެންނަން ނިންމައިފި

ފޮޓޯ: މޯލްޑިވިއަން

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް އިތުރު 2 “ވައިޑް ބޮޑީ” މަތިންދާބޯޓް ގެނެސް އިތުރު ހަތަރު މަންޒިލަކަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވުނު ކެބިނެޓް ބައްދަލުވުމުން ފާސްކޮށްފައިވަނީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މިދެބޯޓް “ލީސް” އުސޫލުން ރާއްޖެ ގެނައުމަށެވެ. އަދި މިބޯޓްތަކުގެ ދަތުރުތައް ކުރާނީ ޗައިނާގެ ތިން ސިޓީއަކާއި ސައުތް އެފްރިކާގެ ޖޮހަނަސްބާގް އަދި ޔޫރަޕްގެ ތިން ސިޓީއެކެވެ.

ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު ނިސްބަތެއް ޔޫރަޕާއި ޗައިނާއިން ޙިއްސާކުރެއެވެ. މޯލްޑިވިއަން އެއާލައިންގައި ޖުމްލަ 14 މަތިންދާބޯޓް އޮތްއިރު، ރާއްޖެއިން ބޭރަށް ދަތުރު ކުރަނީ ހަމައެކަނި A320 މަރުކާގެ މަތިންދާބޯޓުންނެވެ. މިހާރު ގެންނަން އުޅޭ 2 މަތިންދާބޯޓުން އެއްފަހަރާ 275 ފަސިންޖަރުން އުފުލޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-