ރާއްޖެ އިން ބޭރަށް ސީދާ ފްލައިޓްތަކެއް ބޭއްވުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް–ބޮޑީ މަތިންދާބޯޓެއް ހޯދަންއިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން އެއްއާ ލައިން ހިންގާ، އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނެއްގައި ވަނީ ފަސް އަހަރުގެ މުއްދަތަށް ޑްރައި ލީސް އުސޫލުން އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެއް ބޭނުންވާ ކަމަށެވެ.
ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވައިލި، އެ ބިޑު ހުށަހެޅުމުގެ ފުރުސަތުގައި އެ މަތިންދާބޯޓު، ލަސްވެގެން އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައިފޯރުކޮށްދޭންޖެހޭނެ ކަމަށް ވެއެވެ.
ބިޑު ހުށަހެޅުމުގެ ފުރުސަތު އޮތީ އަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ.
މި މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ޓޫރިސްޓުން ގެންނަ މަންޒިލްތަކަށް ގައުމީއެއާލައިނުން ސީދާ ދަތުރުތަކެއް ފެށުމަށް ކެބިނެޓުން ނިންމާފައިވާ ކަން ހާމަކުރައްވައިފައިވާއިރު އެބޭފުޅާ އެ ދުވަހު ވިދާޅުވެފައިވަނީ އެ ކަން ފެށުމަށްޓަކައިއައިލެންޑް އޭވިއޭޝަނަށް ދެ އެއާކްރާފްޓް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
އަދި އެކަމަށް އިންވެސްޓު ކުރަންޖެހޭ ފައިސާ ފިނޭންސްމިނިސްޓްރީއަށް ލިބި ފައިނޭންސިން ފެސިލިޓީތަކުގެ ތެރެއިން އައިލޭންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.