އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާގެ ފަރާތްތަކަށް ނިސްބަތްވާގޮތަށް ސޯޝަލްމީޑިއާގައި ކޮމެންޓްކުރި ޑެޕިއުޓީ ވަޒީރުން ސަސްޕެންޑް ކޮށްފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލު މީޑިއާއާއި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އަވަށްޓެރި އިންޑިއާއަށް ކުޑައިމީސްވާގޮތަށް މީސްމީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓްތަކާ ގުޅިގެން ޕޯސްޓްތައްކުރި ފަރާތްތައް މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.
ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތަކާއި ގުޅިގެން އިންޑިއާގެ މަޝްހޫރު ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.