-Advertisement-

-Advertisement-

ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ފުރާ ވަޑައިގެންފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް ކުރައްވާ މިދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެކު ދަތުރުގައި ބައިވެރިވެއެވެ. ޗައިނާއަށް މިކުރައްވާ ދަތުރުފުޅަކީ ވެރިކަމާއި ހަވާލުވުމަށްފަހު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް ޑރ. މުޢިއްޒު ކުރިން ވިދާޅުވެފައިވާ ފަދައިން ރައީސްގެ ވަފުދުގެ ބޭފުޅުން ދަތުރުކުރައްވަނީ އިކޮނޮމީ ކްލާހުގައި ކަން ނިއުސްލެބަށް ވަނީ އެނގިފައެވެ. އަދި ރައީސް ދަތުރުކުރައްވަނީ ބިޒްނަސް ކްލާސް ޓިކެޓެއްގައެވެ.

ނިއުސްލެބަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޗައިނާއަށް ކުރައްވާ ދަތުރުގައި ހައިޑްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ. އަދި މީގެ އިތުރުން ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީ ކުރުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއި ކުރާނެކަމަށް ބެލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-