އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި، އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީވަޒީރު ފެންވަރުގައިކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ވަޒީރު ފެންވަރުގައާއި ނައިބު ވަޒީރުންގެ ގޮތުގައި ރައީސް އޮފީހުން ގިނަ ބަޔަކު އައްޔަންކޮށްފައިވެއެވެ.
ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަ ގޮތުގައި، އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަންކޮށްފައިވަނީ ވަޒީރުބޭފުޅެއްގެ ފެންވަރުގައެވެ.
މިއީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޒީރު ފެންވަރުގައި ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ފަޒުލް ހުންނެވީ މި ހިނގާ 19 ވަނަ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރުގެ ގޮތުގައެވެ.